އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ބައްދަލު ކުރައްވައިފި އެވެ.
އިމްރާން ގެންދަވަނީ ޓެރަަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިވަގުތު ހުންނެވީ ގޭ ބަންދުގައި އެވެ. ދެބޭފުޅުންގެ ބައްދަލުވުން އޮތީ އިމްރާންގެ ގޭގައި އެވެ.
މި ބައްދަލުވުވުމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ހާމަ ނުކުރެއްވިޔަސް އިމްރާންގެ އާއިލާ އާއި އެކު އިބޫ ނަންގަވާފައިވާ ފޮޓޯއެއް ވަނީ އާންމު ކުރައްވާފަ އެވެ.
އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަ ކޮށްގެންނެވެ. ކޯލިޝަންގެ ކާމިޔާބީ އަށް ފަހު، އިމްރާނަކީ އިބޫ ބައްދަލު ކުރެއްވި ފުރަަތަމަ ލީޑަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް