މިރޭ "ކަސޯޓީ" ދައްކަން ފަށާނެ!

ރާއްޖޭގައި ހިންދީ ޑްރާމާ ސިލްސިލާތަކުގައި ވަކި ހިއްޕާލި ފުރަތަމަ ޑްރާމާ ސިލްސިލާ "ކަސައުޓީ ޒިންދަކީ ކޭ"  ގެ ސީޒަން ދޭން މިރޭ ފަށާނެ އެވެ. ދިވެހިންގެ ތެރޭގައިވެސް އެ ސިލްސިލާގެ ސީޒަން ދޭކަށް އިންތިޒާރު...

25 Sep 2018 | 05:27

ރާއްޖޭގައި ހިންދީ ޑްރާމާ ސިލްސިލާތަކުގައި ވަކި ހިއްޕާލި ފުރަތަމަ ޑްރާމާ ސިލްސިލާ "ކަސައުޓީ ޒިންދަކީ ކޭ"  ގެ ސީޒަން ދޭން މިރޭ ފަށާނެ އެވެ.

ދިވެހިންގެ ތެރޭގައިވެސް އެ ސިލްސިލާގެ ސީޒަން ދޭކަށް އިންތިޒާރު ކުރާ މީހުން މަދެއް ނުނެވެ. ސްޓާ ޕްލަސްއިން މި ސިލްސިލާ ދައްކާނީ ކޮންމެ ހަފްތާއަކު ހޯމައިން ހުކުރު ދުވަހުގެ ރެއާއި ހަމައަށެވެ. މިފަހަރު ޕްރޭނާގެ ރޯލުން ފެނިގެންދާނީ އެރިކާ ފެނަންޑޭޒެވެ. އަނޫރާގް ބާސޫގެ ރޯލް ކުޅެނީ ޕާތު ސަމްތާން އެވެ.

މަޝްހޫރު ކޮމޯލިކާގެ ރޯލުން ފެނިގެންދާނީ ހީނާ ހާން އެވެ. އަދި މީގެ ކުރިން ސްޓާ ޕްލަސް އިން ދެއްކި "އިސް ޕިޔާރް ކޯ ކިޔާ ނާމު ދޫން" އިން މަޝްހޫރުކަން ހޯދި ބަރުން ސޮބްތީ ފެނިގެންދާނެ އެވެ. ބެލެވޭ ގޮތުގައި އޭނާ ފެނިގެން ދާނީ ބަޖާޖްގެ ބައިންނެވެ.

މި ފަހަރުގެ ސިލްސިލާގެ މައިގަނޑު ވާހަކައަކީ ވެސް މުއްސަނދި ޒުވާން ފިރިހެނަކަށް، އޭނާއާ އެކަށީގެންވާ ވަރުގެ އަންބަކު ހޯދަން އާއިލާ އިން ކުރާ މަސައްކަތާއި އެ މީހުންގެ ހަޔާތުގެ ވާހަކަ އެވެ.

މި ސިލްސިލާގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށެވެ. އެ މުއްދަތުގައި 1،423 އެޕިސޯޑު ދައްކާފައިވާއިރު މިފަހަރުގެ ދެމިގެންދާނެ ވަރެއް ކައުސީޓީގެ ޕްރޮޑިއުސާ  އެކްތާ ކަޕޫރު ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް