މިއީ މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަމުން އަންނައިރު، ލޯ ކުރިމަތީގައި މަންމަ ކަތިލައި، ބައްޕަގެ ގަޔަށް ބަޑިޖަހައި މަރާލުމުން، ހަގު ކޮއްކޮ ގޮވައިގެން އަމިއްލަ ހާލައިގެން ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރި، އުމުރުން 11 އަހަރުގެ ޖިހާދުލް އިސްލާމްގެ ވާހަކަ އެވެ.
ޖިހާދުލް އިސްލާމް ބުނެފައިވަނީ އޭނާގެ ބައްޕައަށް ކިޔަނީ ޖާޝިމުއްދީން ކަމަށެވެ. އަސްކަރިއްޔާއިން އެމީހުންގެ ގެއަށް ހަތިޔާރާއެކު ވަދެ އޭނާ އާއި އޭނާގެ ކޮއްކޮ ބަލަން ތިއްބާ އެ ދެބެންގެ މަންމަ ކަތިލީ ކަމަށެވެ. އަދި ބައްޕަގެ ގަޔަށް ބަޑިޖަހައި މަރާލީ ކަމަށެވެ. އަދި އެއަށްފަހު އަސްކަރިއްޔާއިން ދިޔައީ ގޭގައި އަލިފާން ރޯކޮށްލާފައި ކަމަށްވެސް ޖިހާދުލްއިސްލާމް ބުންޏެވެ.
ޖިހާދުލް ސަލާމަތުގެ އައްސޭރިއެއް ހޯދަން ދަތުރުފެށީ އޭނާގެ ކޮއްކޮ ގޮވައިގެންނެވެ. ކޮއްކޮގެ އުމުރަކީ ތިން އަހަރެވެ. ނަމަވެސް ޖިހާދުލް އިސްލާމާއެކު އޭނާގެ ކޮއްކޮއަށް ސަލާމަތުގެ އައްސޭރިއަށް ދެވޭގޮތެއް ނުވި އެވެ. މިޔަންމާ އަސްކަރިއްޔާއިން ބިމުގައި ބޮން ވަޅުލާފައި ހުރިއިރު އޭނާގެ ކޮއްކޮއަށް އޭގެ ބޮމަކަށް ފައިން އެރި ކޮއްކޮ މަރުވީ ކަމަށް ޖިހާދުލް އިސްލާމް ބުނެފައި ވެ އެވެ.
މިއީ ދަ ޑެއިލީ ސްޓަރ ގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް