އެސްއެމްއީ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުރިއަށްގެންދާ އެސްއެމްއީ ލޯން ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ. ޕްރޮޕޯސަލް ހުށައ...

25 Sep 2017 | 11:10

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުރިއަށްގެންދާ އެސްއެމްއީ ލޯން ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ޕްރޮޕޯސަލް ހުށައެޅުމަށް ކުރިން ދީފައިވާ އެންމެ ފަހު މުއްދަތަކީ 27 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހެވެ.

ނަމަވެސް، މިހާރު އެ މުއްދަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް ވަނީ އިތުރު ކޮށްފަ އެވެ. މިނިސްޓްރީން ބުނެފައިވަނީ މުއްދަތު އިތުރު ކުރަން ނިންމީ ގިނަ ރައްޔިތުން މި މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންގެންދާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް