ވީޑިއޯ ކޯލް މެދުވެރިކޮށް ކުށެއް ކުރި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
އެމީހާ ހޯދަމުން ދަނީ ކޮންފަދަ މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހޯދަން އިއުލާނު ކޮށްފައިވާ މި މީހާ އަކީ ވީޑިއޯ ކޯލު މެދުވެރިކޮށް ކޮންމެވެސް ކުށެއް ކުރި މީހެކެވެ.
މިމީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް