އެއް ހަށިގަނޑަކުން ގުޅިފައިވާ، ތަންޒާނިއާއަސް ނިސްބަތްވާ ދެބެން ކަމުގައިވާ މާރިޔާ އަދި ކޮންސޮލާޓާ، އެގައުމުގެ ޔުނިވާސިޓީއެއް ކަމުގައިވާ ރުއާހާ ކެތޮލިކް ޔުނިވާސިޓީގައި ކިޔަވަން ފަށައިފި އެވެ.
މި ދެބެން ވެގެން ގޮސްފައިވަނީ އެ ގައުމުގައި ވަރަށް މަޝްހޫރު ދެބެންނަށެވެ. ސްކޫލު ދައުރުއްސުރެ އެގައުމުގެ މީޑިއާއިން މި ދެމީހުންގެ ވާހަކަ ގެނެސްދެމުން ގޮސްފައި ވެ އެވެ.
މި ދެބެން ކުޑައިރު ދެބެންގެ ބައްޕަ މަރުވުމުން، މި ދެބެންގެ މަންމަ މި ދެބެން މަގުމަތި ކޮށްލި އެވެ. އެއަށްފަހު މި ދެބެން ބަލަމުން އަންނަނީ އެގައުމުގެ ކެތޮލިކް މިޝަނުންނެވެ.
އެ ގައުމުގެ ސަރުކާރުންވެސް މި ދެބެންނަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެ އެވެ. އެގޮތުން މި ދެބެންގެ މަދަރުސީ ދައުރުގައި ކޮންމެ ދުވަހަކު ސްކޫލަށް ގެންދިއުމާއި ގެނެސްދިނުން ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުންނެވެ.
މި ދެބެން ޔުނިވާސިޓީގައި ކިޔެވުމަށް ޔުނިވާސިޓީން ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައި ވެ އެވެ. އެގޮތުން މި ދެބެންނަށް ވަކި ހާއްސަ އެކޮމޮޑޭޝަން ހަމަޖެއްސުމާއި ކްލާހުގައި ވަކި ހާއްސަ ސޯފާއެއް މި ދެބެންނަށް ހާއްސަ ކުރުމާއި ކްލާސް ކުރިއަށްދާއިރު މި ދެބެންގެ ކަންކަން ބެލެހެއްޓުމަށް އެހީތެރިއަކު ހަމަޖެއްސުން ހިމެމެނެ އެވެ. މި ދެބެންނަކީ މިހާރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދިފާއުގައި ފުޅާދާއިރާއެއްގައި ވަކާލާތު ކުރަމުން އަންނަ ދެބެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް