އިންޑިއާ ރައްޔިތަކު އޭނާގެ އަންހެން ދަރިއަށް ހަދިޔާއެއްގެ ގޮތުގައި އަލަށް ނިކުތް އައިފޯނެއް ދިނުމަށް، އައިފޯނު ގަތުމަށް ޓިކެޓް ކަނޑައިގެން ސިންގަޕޫރަށްގޮސް އެޕަލް ސްޓޯރުގެ ކިއުގައި 13 ގަޑިއިރު ހޭދަކޮށްފި އެވެ.
މިކަން ކޮށްފައިވަނީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމުގައިވީ އަމީން އަހްމަދު ދޯލިޔާ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އުމުރަކީ 43 އަހަރެވެ.
ދޯލިޔާ ސިންގަޕޫރަށް ގޮސް ބުރާސްފަތި ދުވަހުގެ ރޭ 7:00ގައި ކިއު އަށް އެރިއެވެ. އައިފޯނު ވިއްކަން ފަށާފައިވަނީ ޖެހިގެން އައި ދުވަހުގެ ވަގުތެއްގަ އެވެ. އޭނާ ކިއުގައި 13 ގަޑިއިރު ހޭދަކުރި އެވެ. ދޯލިޔާ ބުނެފައިވާގޮތުގައި އޭނާ ދިޔައިރުވެސް ކިއުގައި 200 އެއްހާ މީހުން ތިއްބެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އޭނާގެ ދަރިއަށް އައިފޯނު 8 ގަންނަން ނިންމީ އެ ދަރީގެ ކައިވެނި ހަދިޔާގެ ގޮތުގައި ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް