އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހަރަކާތްތެރިވަމުންދިޔަ ނޭޓޯގެ ވަފްދަކަށް ބަޔަކު ހަމަލާއެއް ދީފި އެވެ.
އިއްޔެގެ ވަގުތެއްގައި މި ހަމަލާ ދީފައިވަނީ ކާރެއް ގޮއްވާލައިގެންނެވެ. ހަމަލާ ދީފައިވާކަން ނޭޓޯއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ނޭޓޯގެ ސަޕޯޓް މިޝަންގެ ކެޕްޓަން ވިލިއަން ސަލްވިން ބުނެފައިވަނީ އެ ހަމަލާ ދީފައިވަނީ އަފްޣާންގައި ހަރަކާތްތެރިވަމުންދިޔަ ނޭޓޯގެ ރެޒޮލިއުޓް ސަޕޯޓް މިޝަނަށް އަމާޒުކޮށް ކަމަށެވެ. އެ ހަމަލާގައި އެ މިޝަންގެ އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް އޭނާ ބުނެފައި ވެ އެވެ.
ހަމަލާގައި ނޭޓޯ މިޝަންގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އާއްމުންގެ ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް