ޕާކިސްތާނުގެ ކާރުބާރުބޮޑު ހައިވޭއެއްގައި އައިއެސްގެ ދިދަ ހަރުކޮށްފި

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ކާރުބާރުބޮޑު ހައިވޭއެއްގައި އައިއެސް ޖަމާއަތުގެ ދިދަ ހަރުކޮށްފި އެވެ. އެ ދިދަ ހަރުކޮށްފައިވަނީ އިސްލާމްއާބާދުގެ އެންމެ ބޮޑު ހައިވޭގަ އެވެ. ދިދައިގެ ތިރީގައި "ޚަލ...

24 Sep 2017 | 21:37

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ކާރުބާރުބޮޑު ހައިވޭއެއްގައި އައިއެސް ޖަމާއަތުގެ ދިދަ ހަރުކޮށްފި އެވެ.

އެ ދިދަ ހަރުކޮށްފައިވަނީ އިސްލާމްއާބާދުގެ އެންމެ ބޮޑު ހައިވޭގަ އެވެ. ދިދައިގެ ތިރީގައި "ޚަލީފަތު އިސް ކަމިންގ" ޚަލީފަތު އެނބުރި އަންނަނީ މިހެން ލިޔެފައި ވެ އެވެ.

އެ ދިދަ ހަރުކޮށްފައިހުރީ ބިލްބޯޑެއްގެ މަތީގަ އެވެ. ޕާކިސްތާނުގެ ފުލުހުން ބުނެފައިވާގޮތުގައި ސީސީ ޓީވީ ފުޓޭޖްގެ ކޮލިޓީ ދަށްކަމުން، އެކަން ކުރީ ކޮންބައެއްކަން ދެނެވޭގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް