މޫސުން ތަން ނުދޭތީ ދިރާގު ޢީދު ޝޯ ފަސްކޮށްފި

މިރޭ ބޭއްވުމަށް ތައްޔާރުވަމުންދިޔަ ދިރާގު ޢީދު ޝޯ، މޫސުން ތަން ނުދިނުމުގެ ސަބަބުން އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފި އެވެ. ދިރާގުން ބުނީ މިރޭ ބޭއްވުމަށް ހަމަޖެއްސި ޝޯ ފަސްކުރީ މޫސުން ތަން ނުދޭތީ ކަމ...

25 Sep 2015 | 11:42

މިރޭ ބޭއްވުމަށް ތައްޔާރުވަމުންދިޔަ ދިރާގު ޢީދު ޝޯ، މޫސުން ތަން ނުދިނުމުގެ ސަބަބުން އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފި އެވެ.

ދިރާގުން ބުނީ މިރޭ ބޭއްވުމަށް ހަމަޖެއްސި ޝޯ ފަސްކުރީ މޫސުން ތަން ނުދޭތީ ކަމަށާއި މޫސުން ތަން ދޭނަމަ އަންނަ އާދީއްތަ ދުވަހުގެ ރޭ ޝޯ ކުރިއަށް ގެންދާނެ ކަމަށެވެ.

އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ޝޯގެ މަގްސަދަކީ ޒުވާން ފަންނާނުންނަށް އެ ފަންނާނުންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ހުޅުވާލަދިނުން ކަމަށް ދިރާގުން ބުނެ އެވެ. އަދި މި ޝޯ އަކީ ޒުވާން ފަންނާނުންނަށާއި މިއުޒިކަށް ލޯބިކުރާ ޒުވާނުންނަށް ދިރާގުގެ ފަރާތުން ދޭ އީދު ހަދިޔާއެއް ކަމަށްވެސް ދިރާގުން ބުނެ އެވެ.

ދިރާގު އީދު ޝޯގައި މިއަހަރު ޑީޓިއުން ބޭންޑް، ހަބޭސް ބޮޑުބެރު ގްރޫޕް، އެކުއަޓިކް ވައިބް، އަރްކާޑިއާ ބޭންޑް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މޫޝަންގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށްވެސް ދިރާގުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް