ލ.ގަން އަދި ކައްދޫން އެ އަތޮޅު ފޮނަދުއަށް ދާން އޮންނަ ކޯޒްވޭ ފުލުހުން ބަންދު ކުރުމުން ގިނަ ބަޔަކު ފޮނަދުއަށް ނުދެވި ކައްދޫ ކޮޅުގައި މަޑުކުރަން ޖެހިއްޖެ އެވެ.
ފޮނަދޫން ދުވަހަށް މައުލޫމާތު ދިން މީހަކު ބުނީ މަގު ބަންދުކޮށްގެން އުޅޭތާ ގަޑިއިރަކަށްވުރެ ގިނަ އިރު ވެފައި ވާކަމަށާއި އެތައް ބަޔަކު އެ ސަރަހައްދުގައި، ފޮނަދުއަށް ނުދެވި މަޑުކޮށްގެން ތިބި ކަމަށެވެ.
"ކޮންމެވެސް ކުށްވެރިންތަކެއް ތާކަށް ގެންދާތީ ކަމަށްބުނެ މަގު ބަންދުކޮށްފައިވަނީ، މިތާނގައި ކުޑަކުދިންވެސް އަދި އަންހެނުންވެސް އެބަތިބި، ފުލުހުން ބުނަނީ ހުޅުވާނީ އޮޕަރޭޝަން ނިމުމުން ކަމަށް،" މައުލޫމާތު ދިން މީހާ ބުންޏެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަގު ފުލުހުން ބަންދުކޮށްގެން އުޅެނީ މިހާރު ކުރިއަށްދާ އޮޕަރޭޝަނެއްގައި ކަމަށާއި އޮޕަރޭޝަން ނިމުމުން މަގު ހުޅުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް