ބޭނުމިއްޔާ މިހާރު ޖަޕާނުގައި 65 ޑޮލަރަށް ކަރުނަ ފޮހެން ރީތި ފިރިހެނެއް ކުއްޔަށް ނެގިދާނެ

ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ އިކެމެސީ ޑަންށީ ކުންފުނިން އޮފީހުގައި ފިކުރު ބޮޑުވެ ހާސްވެފައި ތިބޭ އަންހެން ކުދިންނަށް ވަރަށް ހާއްސަ ހިދުމަތެއް ދޭން ފަށައިފިއެވެ. އެއީ ރީތި ފިރިހެނެއް ލައްވާ އަންހެނ...

25 Sep 2015 | 11:02

ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ އިކެމެސީ ޑަންށީ ކުންފުނިން އޮފީހުގައި ފިކުރު ބޮޑުވެ ހާސްވެފައި ތިބޭ އަންހެން ކުދިންނަށް ވަރަށް ހާއްސަ ހިދުމަތެއް ދޭން ފަށައިފިއެވެ. އެއީ ރީތި ފިރިހެނެއް ލައްވާ އަންހެން ކުއްޖާ ރުއިމަށް އެހީތެރިވެދީ އަދި ރޯން ފެށުމުން ކަރުނަ ފޮހެލައިދިނުމެވެ. އަންހެން ކުއްޖާ ރުއިމަށް އެހީތެރިވެދެނީ ހިތާމަވެރި ވީޑިއޯތައް އެކުގައި ބަލައިގެންއެވެ. އަދި ކަރުނަ ފޮހެދެނީ ދަތްއުނގުޅާ ބުރުހަކުންއެވެ. މި ހިދުމަތް ދޭ ކުންފުނީގެ ވެރިމީހާ ދެކޯގޮތުގައި ރަނގަޅަށް ރުއިމުން ހާސްކަން ފިލައި ހިތްހަމަ ޖެހުން އިތުރުވެއެވެ.

އޮންލައިކޮށް އެ ކުންފުނީގެ ވެބްސައިޓްއިން ބަލައިގެން އެމީހަކަށް ކަމުދާ ފިރިހަނަކު ނެގުމަށްފަހު ލިބިގަންނަންޖެހޭ މިހިދުމަތުގެ އަގަކީ ހަތްހާސްނުވަސަތޭކަ ޔެން ނުވަތަ ފަސްދޮޅަސްފަސް ޑޮލަރެވެ. މި ކުންފުނިން ދޭ އިތުރު ހިދުމަތް ތަކުގެ ތެރޭގައި ވަރި ކުރުމަށްފަހު އެކަން ފާހަގަ ކުރަން ހަފްލާތައް ބާއްވައިދިނުން ހިމެނެއެވެ.

ޖަޕާނަކީ މިފަދަ އާދަޔާ ހިލާފު ކަންކަން ކޮށް އުޅޭ ގައުމެކެވެ. މިގޮތުން އެކުގައި ގޭތެރެ ސާފުކޮށްލާނެ، އެކުގައި ޓީވީ ބަލައިލާނެ މީހުންވެސް ޖަޕާނުގައި ކުއްޔަށް ނެގެން ހުރެއެވެ. މިފަދަ ހިދުމަތްތައް ޖަޕާނުގައި ހިނގާ ސަބަބެއް ކަމުގައި ބެލެވެނީ އެކަނި ދިރިއުޅޭމީހުން އެގައުމުގައި ގިނަވުމުންއެވެ. އެގައުގެ ތިންބައިކުޅައެއްބައި ނުވަތަ ސާޅީސް ޕަސެންޓް ގޭގޭގައި އުޅެނީ އެންމެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް