މިނާގައި އިއްޔެ ހިނގި ހާދިސާއާއެކު ގައުމުތަކުގެ ހައްޖު މިޝަންތައް ފޯނުކޯލާއި ސުވާލުތަކުން ފުރިފައި

އިއްޔެ މިނާގައި ހައްޖާޖީން ތަކެއް ފިތިގެން ހިނގި ހިތާމަވެރި ހާދިސާގައި 717 މީހަކު ނިޔާވެ 800 އަށްވުރެ ގިނަ ހައްޖާޖީން ޒަހަމްވެފައިވާއިރު ސައުދީގައި ހުންނަ އެކި ގައުމުތަކުގެ ހައްޖު މިޝަންތައް ސުވާލުތަކ...

25 Sep 2015 | 04:23

އިއްޔެ މިނާގައި ހައްޖާޖީން ތަކެއް ފިތިގެން ހިނގި ހިތާމަވެރި ހާދިސާގައި 717 މީހަކު ނިޔާވެ 800 އަށްވުރެ ގިނަ ހައްޖާޖީން ޒަހަމްވެފައިވާއިރު ސައުދީގައި ހުންނަ އެކި ގައުމުތަކުގެ ހައްޖު މިޝަންތައް ސުވާލުތަކުންނާއި ޝަކުވާތަކުން ފުރިފައި ވާކަމަށް އެ މިޝަންތަކުން ހާމަކޮށްފި އެވެ.

މިޝަންތަކަށް ސުވާލާއި ޝަކުވާ ހުށަހަޅަމުން އަންނަނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖާޖީންގެ އާއިލާތަކުންނެވެ. ޕާކިސްތާނު، އިންޑިއާ، ބަންގްލަދޭޝް ފަދަ ގައުމުތަކުގެ ހައްޖު މިޝަންތަކަށް ފޯނުކޯލުތަކާއި ފެކްސްއާއި އީމެއިލް އިއްޔެއިން ފެށިގެން މެދު ނުކެނޑި އަންނަ ކަމަށް އެ މިޝަންތަކުން ބުނެ އެވެ.

"އަހަރެމެން މިދަނީ ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަބަދުވެސް މައުލޫމާތު ސާފު ކުރަމުން، މޯޗަރީ ބަލަމުން، ހޮސްޕިޓަލްތައް ބަލަމުން، ނިޔާވާ މީހުންގެ މައުލޫމާތު އެއްކުރެވޭތޯ މަސައްކަތް ކުރަމުން" ޕާކިސްތާނުގެ ކޮންސުލް ޖެނެރަލް އަފްތާބް އޭ.ކޯކާ ވިދާޅުވި އެވެ.

އިއްޔެގެ ހާދިސާގައި ނިޔާވި މީހުންގެ އަދަދާއި ޒަހަމްވި މީހުންގެ އަދަދުތައް ހާމަކޮށްފައިވީނަމަވެސް އެ ހާދިސާގައި ނިޔާވީ އަދި ޒަހަމްވެފައިވަނީ ކޮންކޮން ގައުމުތަކަކަށް ނިސްބަތްވާ ހައްޖާޖީންތަކެއްކަން ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ ހާދިސާގައި އީރާނަށް ނިސްބަތްވާ 24 ހައްޖާޖީއަކު ނިޔާވި ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. ޕާކިސްތާނުގެ ހަ ހައްޖާޖީއަކު ނިޔާވި ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. އަދި އިންޑިއާގެ ތިން ހައްޖާޖީއަކު ނިޔާވި ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. އަދި ޕާކިސްތާނުގެ އަންހެން ހައްޖާޖީއަކު ނިޔާވި ކަމަށް ޕާކިސްތާނުންވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް