ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކެއް ހޯދައިފި- އަގު 50،000ރ އަށް އަރާ!

ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކެއް ފުލުހުންް ހޯދައިފިއެވެ. މި މަހު 23 ވަނަ ދުވަހު ނޯތު ހާބަރުގައި އޮތް ބޯޓަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވާ ކ...

25 Aug 2024 | 15:44

ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކެއް ފުލުހުންް ހޯދައިފިއެވެ.

މި މަހު 23 ވަނަ ދުވަހު ނޯތު ހާބަރުގައި އޮތް ބޯޓަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެ ތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލާ ދެނެގަނެ، ފުލުހުން ކުރި މަސައްކަތުން ރިހާކުރު ޓައްޕުތައް ވަނީ ހޯދާފައި ކަމަށެވެ.  އެ ތަކެތި  މީހަކަށް ވިއްކާލައި، ގެ އެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފުލުހުން ވަނީ ހޯދާފައެވެ.

ރިހާކުރު ޓައްޕުތަކުގެ އަގު50،000ރ އަށް އަރާނެ ކަމަށް ވެރިފަރާތުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް