ކުރިން ބުނި އެތި ކެންސަލް- އެމްއެމްއޭގެ އިރުޝާދަށް ބަލައި ބީއެމްއެލްއިން ގެނައި ބަދަލުތައް އަނބުރާ ގެނެސްފި

މިއަދު ބޭންކު އޮފް މޯލްޑިވްސްއިން އިއުލާން ކުރި ރާއްޖެއިން ބޭރުގެ މުއާމަލާތުކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރ، މޯލްޑިވްސް މިނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު އަނބުރ...

25 Aug 2024 | 11:35

މިއަދު ބޭންކު އޮފް މޯލްޑިވްސްއިން އިއުލާން ކުރި ރާއްޖެއިން ބޭރުގެ މުއާމަލާތުކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރ، މޯލްޑިވްސް މިނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު އަނބުރާ ގެނެސްފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ދޫކުރެވިފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތު ކުރެވޭ ލިމިޓަށް މިއަދު ބޭންކުން ބަދަލުގެނެސްފައިވަނީ، ބޭރުގެ މުއާމަލާތުތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށް ބޭންކުން އޭރު ވަނީ ބުނެފައެވެ.

ބޭންކުން އޭރު ބުނީ، މި ބަދަލާއި އެކު ރައްޔިތުންނަށް ނުހަނު ބޮޑު އަސަރެއް ކުރާން ކަން ގަބޫލުކުރާ ހިނދު މިއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް އެމްއެމްއޭގެ އިރުޝާދާއި އެކު މިއަދު ގެނެވުނު މި ބަދަލު ވަނީ އަބުރާ ގެނެސްފައި ކަމަށް ބެންކުން ދާދި ދެންމެ އަކު ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް