ބޭންކް އޮފް މޯލްޑިވްސްގެ ކާޑުގެ ޑޮލާރ ލިމިޓް ކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެގޮތުން ބައެއް މީހުން ބުނަމުން ދަނީ ކޮވިޑުގެ ދުވަސްވަރު އިގްތިސޯދު ނުވެއްޓުނު ވަރަކަށް މިހާރު ވެއްޓިއްޖެ ކަމަށެވެ.
އެކަމަށް ރައްދު ދެއްވަމުން ހިތަދޫ ދާްއިރާގެ މެންބަރު އަޒާން ވިދާޅުވީ، ކޮވިޑުގެ ހާލަތާ މިހާރުގެ ހާލަތާ ބަލާއިރު މިހާރު ޑޮލަރުގެ ޑިމާންޑް މާ ބޮޑު ކަމަށެވެ.
އެގޮތުން އަޒާން ވިދާޅުވީ، ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ ބޮޑުބައެއް ހަރަދު މިކުރަނީ މައިގަނޑު ތިން ކަމަކަށް ކަމަށާއި، އެއީ ތެޔޮ ގަތުމާއި، ބޭރުގެ ދަރަނި ދެއްކުމާއި، ބޭންކުތަކަށް ދޫކުރުމެވެ.
އަޒާން ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދު ހުއްޓުމަކަށް އައިސް އޮތުމުގެ ސަބަބުން، ރާއްޖެއިންވެސް ތެލަށް ކުރާ ހަރަދު އެތައްތަނެއް މަދުވި ކަމަށެވެ.
2020 ވަނަ އަހަރު ޕްޓްރޯލް، ޑީސެލް، އަދި އޭވިއޭޝަން ގޭހުގެ އިމްޕޯޓަށް ޖުމްލަ ހަރަދުވެފައިވަނީ3.9 ބިލިއަން ރުފިޔާ ކަމަށާއި،2021 ވަނަ އަހަރު ހަ ބިލިއަން އަދި2022 ވަނަ އަަހަރު12 ބިލިއަން ހަރަދުވެފައިވާ ކަމަށާއި މި ހިނގާ2024 ވަނަ އަަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެކަނިވެސް6.1 ބިލިއަން ހަރަދުވެފައިވާކަމަށް އަޒާން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ތެޔޮ އިމްޕޯޓު ކުރަން ޑޮލަރު ބޭނުންކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން ލޯނުތައް ދެއްކުމަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަން ފާހަގަ ކުރައްވަމުން އަޒާން ވިދާޅުވީ ކޮވިޑާ ގުޅިގެން ބޭރުގެ ގިނަ ފަރާތްތަކަކަުން ދައްކަން ޖެހޭ ލޯނުތައް ވަނީ ފަސްކޮށްދީފައި ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ވަނީ އިތުރު ލޯނުތަކެއް ނަގާފައި ކަމަށާއި، މިހާރު އެ ފަސްކޮށްދީފައިވާ ލޯނުތަކާއި، އެމްޑީޕީ ވެރިކަމުގެ ނެގި ލޯނުތައް މި ސަރުކާރުން ދައްކަން ފަށާފައިވާ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވި ގޮތުގައި މި އަަހަރުގެ ނިޔަލަށް ލޯނުގެ ގޮތުގައި366 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.
ތިން ވަނަ ކަމަކަށް އަޒާން ފާހަގަކުރެއްވީ ބޭންކުތަކަށް ޑޮލަރު ދޫކުރުމެވެ. ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނާއިި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ދާ މީހުންނާ، ވިިޔަފާރީތަކުން އިމްޕޯޓަށް ބޭނުންވާ ޑޮލަރު ދޫކުރަނީ ބޭންކުތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރުން ކަމަށެވެ. އަދި ކޮވިޑުގައި ބޭރުގަ ތިބި އެތައް ބަޔަކު ތިބީ އައިސް އަނބުރާ ރާއްޖޭގައި ކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ، ރިސޯޓުތައް ބަންދުކުރުމާއި ލޮކްޑައުންގެ ސަބަބުން އިގްތިސާދަށް އޮތީ މަޑުޖެހިފައި ކަމާއި އޭގެ ސަބަބުން އިމްޕޯޓ ުވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން ކޮވިޑުގެ ހާލަތާ މިހާރާ އަޅާ ބަލާއިރު ޑޮލަރަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށާއި، އެ ޑިމާންޑުާ އެއްވަރަށް ޑޮލަރު ދައުލަތަށް ނުލިބޭ ކަމަށެވެެ. ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރަން ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުރެވުނު ހަމައެކަނި ކަމަކީ ޓީޖީއެސްޓީ ނަގާ މިންވަރު އިތުރުން ކުރުން ކަމަށް އަޒާން ވިދާޅުވިއެވެ.
ޓީޖީއެސްޓީ ބޮޑުކުރުމުގެ ކުރިން2022 ވަނަ އަހަރުގެ މީރާއަށް ޖުމްލަ ލިބިފައިވަނީ895 މިލިއަން ޑޮލަރު ކަމަށާއި ފާއިތުވި އަހަރު ނިމުނު އިރު ލިބުނީ949 މިލިއަން ޑޮލަރު ކަމާއި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި560 މިލިއަން ޑޮލަރު ލިބިފައިވާ ކަން އަޒާން ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ކުރީ ދެ އަަހަރާއި ބަލާއިރު ރަގަނޅުުޫ ނަމަވެސް، މި އަހަރު ފާއިތުވި ދެ އަަަހަރާ ނުބައްދަލު މިންވަރަކަށް ދައުލަތުގެ ޑޮލަރު ބޭނުންވާ ކަމަށް އަޒާން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް