ރާއްޖެއިން ބޭރުކުރަން އުޅުނު80،000 އަށްވުރެ ގިނަ ޑޮލަރު އޭވިިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަތުލައިގެންފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ބައްލަދޭޝައަށް ނިސްބަތްވާ ރައްޔިތެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.އޭނާ ދަތުރު ކުރީ ވީއައިއޭއިން ޑާކާއަށް، ޑާކާއިން ޔޫއެސް ބަންގްލާ އެއާލައިންސް އިންނެނެވެ.
އެ އިދާރާއިން ބުނީ ލަގެޖުގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެިން ބޭރުކުރަން އުޅުނު81،030 ނަގުދު ފައިސާ ޑޮލަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސްކްރީނިންގ ޓީމުން ވަނީ ހޯދާފައެވެ.
ރާއްޖޭން ބޭރަށް ދިހަހާސް ޑޮލަރަށް ވުރެ ގިނައިން ގެންދާނަމަ ކަސްޓަމްސްއަށް ޑިކްލެއާ ކުރަން ޖެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް