ބީއެމްއެލް ބޯޑުގަ ތިބީ އެމްޑީޕީއަށް ވާގިވެރިވާ ނާޤާބިލު މީހުން: ޝިއުނާ

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގައި ތިބި ބޭފުޅުން އިސްތިއުފާ ދިނުމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ގޮވާލައްވައިފިއެވެ. ޝިއުނާ ވިދާޅުވީ، ބީއެމްއެލްގެ ބޯޑުގައި ތިބީ އެމްޑީޕީއަށް ވާގިވެރިވާ ނާގާބިލް މީހުން ކަ...

25 Aug 2024 | 10:12

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގައި ތިބި ބޭފުޅުން އިސްތިއުފާ ދިނުމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ގޮވާލައްވައިފިއެވެ.

ޝިއުނާ ވިދާޅުވީ، ބީއެމްއެލްގެ ބޯޑުގައި ތިބީ އެމްޑީޕީއަށް ވާގިވެރިވާ ނާގާބިލް މީހުން ކަމަށާއި، މިހާރުން މިހާރަށް އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

"ސަރުކާރާ މަޝްވަރާ ކޮށްގެން ނޫނީ ރައްޔިތުންނަށް އަސަރުކުރާ މިފަދަ މުހިންމު ނިންމުންތަކެއް ނުނިންމޭނެ، ބޭންކް އޮފް މޯލްޑިވްސް އާއި ދޭތެރޭ ދިވެހިންގެ ކަންބޮޑުވުންތައް އޮތީ މިއަދަކު އެކަންޏެއް ނޫން." ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ މިހެން ވިދާޅުވީ، ބީއެމްއެލްއިން ދޫކުރެވިފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތު ކުރެވޭ ލިމިޓްްތަކަށް މިއަދު ބޭންކުން ބަދަލު ގެނެސްފައިވާތީ އެކަމާ ގުޅިގެންނެވެ.

ބޭންކުން ބަދަލު ގެނުމަށް ނިންމީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތުތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމުގައިވެސް ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑި ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް