ޝިފާ ސިންގަލްއެއް ނޫން، ލޯބިވެރިޔާއާއެކު ހުރީ ނިޔާމަ ރިސޯޓްގައި

ފިލްމީ ތަރި އަދި ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ސިންގަލް ނޫން ކަމަށް އޭނާގެ ޕޯސްޓްތަކުން ބުނެދީފިއެވެ. ދިމާވި ހާދިސާއަކުން ޝިފާ ދުވަސްކޮޅަކަށް ނެށުމާއި ދުރަށް ދިޔަ ނަމަވެސް މިހާރު ހުރީ އެނބުރި ނެށުމުގެ ތ...

25 Aug 2023 | 12:36

ފިލްމީ ތަރި އަދި ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ސިންގަލް ނޫން ކަމަށް އޭނާގެ ޕޯސްޓްތަކުން ބުނެދީފިއެވެ.

ދިމާވި ހާދިސާއަކުން ޝިފާ ދުވަސްކޮޅަކަށް ނެށުމާއި ދުރަށް ދިޔަ ނަމަވެސް މިހާރު ހުރީ އެނބުރި ނެށުމުގެ ތެރެއަށް އަދި އާއްމުންގެ ތެރެއަށް އެނބުރި އަހިސްފައެވެ.

މީގެ ކުރިން ކައިވެންޏެއްކޮށް، ދަރިއަކުވެސް ހުރި ޝިފާ މިދިޔަ ދުވަސްތަކުގައި ހުރީ ހުސްހަށިބައި ކޮށެވެ.

ނަމަވެސް އޭނާ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯތަކުން ދައްކަވައިދޭ ގޮތުގައި، މިހާރު އޭނާގެ ލޯބިވެރިއަކު ހުރެއެވެ. އަދި ދެމީހުން ޗުއްޓީއަށް ވަނީ ނިޔާމަ ރިސޯޓަށް ގޮސްފައެވެ.

ފިރިހެން މީހާގެ މޫނު އަރާގޮތަށް ޝިފާ އެއްވެސް ފޮޓޯއެއް ލާފައި ނުވި ނަމަވެސް ދެމީހުންގެ ފޮޓޯތަކުން އެއީ ދެ ލޯބިވެރިންކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ކޮށްދެއެވެ.

ޝިފާ ވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައިވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާ ކުޅެފައިވާ ބައެއް ފިލްމުތައް ރިލީޒް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް