ޑރ. އަނާރާ އަދި ޑރ. ޝަހީމްގެ ތާއީދު ޑރ. މުއިއްޒަށް

ޑރ. އަނާރާ ނައީމް އަދި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. އެގޮތުން ޑރ. ޝަހީމް މިއަދު ވިދާޅުވެފައި...

25 Aug 2023 | 11:37

ޑރ. އަނާރާ ނައީމް އަދި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

އެގޮތުން ޑރ. ޝަހީމް މިއަދު ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެކުވެރި ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމާފައިވާކަމަށާއި އެކަމުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ޑރ. އަނާރާ ވިދާޅުވެފައިވަނީ ދިވެހީންނަށް ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތް ކުރައްވާނެކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި ކަމަށެވެ.

"އަޅުގަނޑުގެ ތާއީދު ޑރ. މުއިއްޒުއަށް، އެންމެންގެ ވޯޓު ކެނޑިޑޭޓް ނަންބަރު 4" ޑރ. އަނާރާ ވިދާޅުވެފައިވެއެވެ.

ޑރ. އަނާރާއާއި ޑރ. ޝަހީމް ޑރ. މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނު ޑރ. މުއިއްޒާއި މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އަންނަނީ ކުރައްވަމުންނެވެ.

ޕީއެންސީގެ ޓިކެޓުގައި ޑރ. މުއިއްޒު ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ތާއީދާވެސް އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް