މައިކްރޮސޮފްޓް ޕެއިންޓަށް އޭއައި ފީޗާސް އިތުރުކުރަނީ

ވިންޑޯޒް 11 ގައި ޕެއިންޓް އަދި ފޮޓޯ ފަދަ އެޕްލިކޭޝަންތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އާ ފީޗާތައް ގެނައުމުގެ މަސައްކަތް މައިކްރޮސޮފްޓުން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ވިން...

24 Aug 2023 | 19:04

ވިންޑޯޒް 11 ގައި ޕެއިންޓް އަދި ފޮޓޯ ފަދަ އެޕްލިކޭޝަންތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އާ ފީޗާތައް ގެނައުމުގެ މަސައްކަތް މައިކްރޮސޮފްޓުން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވިންޑޯޒް ސެންޓްރަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފޮޓޯސް އެޕްލިކޭޝަނަށް ޓެކް ޖަޔަންޓް އިން އޭއައި ފީޗާއެއް އުފައްދަމުން އަންނަ އިރު، އެ އެޕްލިކޭޝަނުން ފޮޓޯތަކުގައި ހުންނަ މީހުން ނުވަތަ އެއްޗެހި ދެނެގަނެ، އެ ބައިތައް އެހެން ތަންތަނުގައި ކޮޕީކޮށް ޕޭސްޓް ކުރެވޭނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނިން ބޭނުންވަނީ ސްނައިޕިން ޓޫލްގައި އޮޕްޓިކަލް ކެރެކްޓާ ރިކޮގްނިޝަން (އޯސީއާރު) ޓެކްނޮލޮޖީ އިންޓަގްރޭޓްކޮށް، ވިންޑޯޒް އަށް އަވަސް ކްލިޕްބޯޑް ކޮޕީ ކުރުމަށް ސްކްރީންޝޮޓްތަކުގައި ޓެކްސްޓް ދެނެގަނެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

މީގެ އިތުރުން ކެމެރާ އެޕްލިކޭޝަނަށް އޯސީއާރު ގެނެސް، ޑިވައިސްގައި ނަގާފައިވާ ފޮޓޯއަކުން ޓެކްސްޓް އިޚްތިޔާރު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިންޑޯޒް 11 ޕެއިންޓް އެޕްލިކޭޝަނަށް އެ ކުންފުނިން ނެރޭ ފީޗާއެއްގެ ސަބަބުން ޕެއިންޓް ބޭނުންކުރާ ފަރާތްތަކުން ދީފައިވާ ކްރައިޓީރިއާއަށް ރިއާޔަތްކޮށް ކެންވަސް އެއް އުފެއްދުމަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެއިންޓް އޭއައި އިންޓަގްރޭޝަން ބިނާކުރާނީ ބިންގް އިމޭޖް ކްރިއޭޓަރ ބޭނުންކުރާ ހަމަ ބިންގް ޓެކްނޮލޮޖީގެ މައްޗަށެވެ.

މި މަހުގެ ކުރީކޮޅު އެ ކުންފުނިން ވަނީ އެޗްޑީއާރު ބެކްގްރައުންޑް ސަޕޯޓް ހިމެނޭ ގޮތަށް ޑެވް ޗެނަލަށް "ވިންޑޯޒް 11 އިންސައިޑާ ޕްރިވިއު ބިލްޑް 23516" ނެރެފަ އެވެ. މި އަޕްޑޭޓާއެކު ސްކްރީން ކާސްޓިންގެ ތަޖުރިބާއަށް ވެސް މައިކްރޮސޮފްޓުން ވަނީ ކުރިއެރުންތަކެއް ގެނެސްފަ އެވެ.

މައިކްރޮސޮފްޓުން ހަގީގަތުގައި މިއިން އެއްވެސް ފީޗާއެއް ނެރޭނެ ކަމެއް އަދި ނޭނގުނު ނަމަވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނިން ހައިރާންވާ މިންވަރަށް އޭއައި ޓޫލްސް ތަށް ވަނީ ތައާރަފްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް