މާލޭގެ ފިހާރައެއްގެ ތެރޭގައި 10 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ މާލޭގެ ފިހާރައެއްގައި 10 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް އިއްޔެ ހުށަހެޅުނު ކަމަށެވެ.
"މައްސަލައާއި ގުޅިގެން 24 އަހަރުގެ ބިދޭސީ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް