އެންވަޔަރަމެންޓު މިނިސްޓަރު މަރިޔަމް ޝައުނާގެ ކާރުކޮޅު ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓަށް ފަހު މަޑު ނުކުރައްވާ އަޅާނުލާ ވަޑައިގެންނެވި ވާހަކަ އެ މިނިސްޓްރީން ދޮގުކޮށްފި އެވެ.
މި އެކްސިޑެންޓު ހިނގީ މުލިއާގޭ ކައިރިން މިރޭ އެވެ. ކާރާއި އެކްސިޑެންޓުވި ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ.
މި އެކްސިޑެންޓުގައި އަންހެން މީހާގެ ބޯ ފަޅައިގެން ދިޔުމުން ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ގުޅިކަމަށްވެ އެވެ. އެކަމަކު އެމްބިއުލާންސް އައުން ލަސްވާތީ އެމީހުން ވަނީ ޝައުނާގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް އެދިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައުނާ އެކަމަށް އިންކާރު ކުރެއްވީ އެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މިނިސްޓަރު ވަޑައިގެންނެވީ ރަސްމިއްޔާތަކަށް ކަމަށެވެ. މިނިސްޓަރުގައި ކާރުގައި އެމީހާ ހޮސްޕިޓަލަށް ނުގެންދެވުނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެކްސިޑެންޓުގައި އަނިޔާވި މީހުން އެމްއެންޑީއެފްގެ ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އަލީ ވިދާޅުވި އެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުންނާއި ބައްދަލުކޮށް ހާލުބަލާލަން ޝައުނާ ކާރުކޮޅުން ފައިބައި ނުގެންނެވިކަމަށްބުނެވެސް ދަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް