15 ދުވަސް ފަހުން ރާޖޫ ހޭ އަރައިފި

ހާޓް އެޓޭކެއް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖް ސްރިވާސްތަވާ ހޭއަރައިފި އެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އޭއައިއައިއެމްއ...

25 Aug 2022 | 15:57

ހާޓް އެޓޭކެއް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖް ސްރިވާސްތަވާ ހޭއަރައިފި އެވެ.

އޭނާއަށް ފަރުވާ ދެމުން ދަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އޭއައިއައިއެމްއެސް ހޮސްޕިޓަލްގައި އެވެ. އޭނާއަށް ހާޓް އެޓޭކު ޖެހުނީ މިމަހުގެ 10 ވަނަ ދުވަހު ޖިމްއަށް ގޮސް އުޅެނިކޮށެވެ.

ރާޖޫގެ އާއިލާއިން ބުނީ 15 ދުވަހަށް ފަހު އޭނާ މިއަދު ހޭ އަރާފައިވާ ކަމަށެވެ. އަދި މިހާރު އިންތިޒާރު ކުރަމުންދަނީ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރުން ދޭނެ ތަފްސީލީ މައުލޫމާތައް ކަމަށެވެ.

އުންމީދަކީ އެ ވާހަކަތަކަކީ އާއިލާއަށް ހިތްހަމަ ޖެހުން ލިބޭނެ ވާހަކަތަކެއް ކަމަށް ވާނެ ކަމަށް އާއިލާއިން ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 58 އަހަރުގެ ރާޖޫއަށް ހާޓްއެޓޭކު ޖެހުމުން ދެ ފަހަރު ސީޕީއާރު ދޭން ޖެހުނެވެ. އަދި ސިކުނޑިވެސް ހުއްޓުނެވެ.

މަޝްހޫރު ކޮމީޑިއަން ރާޖް އަކީ މަޝްހޫރު ޝޯތައް ކަމަށްވާ “ދި ކަޕިލް ޝަރުމާ ޝޯ”، “ދި ގްރޭޓް އިންޑިއަން ލާފާ ޗެލެންޖު” ގެ އިތުރުން “ކޮމިޑީ ސާކަސް” ފަދަ ޝޯތަކުން ފެނިގެން ގޮސްފައިވާ ކުޅަދާނަ ފަންނާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް