ބޮލީވުޑްގައި ކުރީގެ މަޝްހޫރު ފިލްމުތަކެއް ހަދާފައިވާ ޑައިރެކްޓަރު ސަވަމް ކުމާރު ޓަކް މަރުވެއްޖެ އެވެ.
މަރުވި އިރު އޭނާގެ އުމުރަކީ86 އަހަރެވެ. އޭނާ މަރުވީ ބަލިވެ އުޅޭތާ އަހަރުތަކެއް ފަހުން މުމްބާއީގެ ދިރުބައި އަމްބާނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވަ ދެމުން ދަނިކޮށެވެ.
އާއިލާއިން މީޑިއާގައި ބުނީ މިދިޔަ ހަތަރު ވަރަކަށް އަހަރު ސަވަމް ފަރުވާ ހޯދަމުން ދިޔައީ ފުއްޕާމެއާއި ހިތުގެ ބައްޔަށް ކަމަށެވެ. އަދި މީގެ ކުރިންވެސް ވަރަށް ހާލު ދެރަވެގެން ފަރުވާ ދީފައިވާ ކަމަށް ބުންޏެވެ.
އޭނާ އެންމެ ފުރަތަމަ ޑައިރެކްޓަރު ކުރީ1972 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ގޮމްތޭ ކޭ ކިނާރޭ" އެވެ. އޭނާ ޑައިރެކްޓުކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ސަލްމާން ހާން ލީޑް ރޯލުން ފެނިގެން ދިޔަ "ސަނަމް ބޭފަވާ" އާއި "ސަޖަން ބިން ސުހާގަން" ފަދަ ފިލްމުތައް ހިމެނެ އެވެ.
އޭނާ މަރުވުމުން ބޮލީވުޑްގެ މަޝްހޫރު ތަރިން ދަނީ ތައުޒިޔާ ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް