ރައީސް ސޯލިހު މ. އަތޮޅަށް ވަޑައިގެންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅަށް ވަޑައިގެންނަވަން ހަމަޖެއްހިއްޖެ އެވެ. ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިދަތުރުފުޅުގައި ރައީސް ސޯލިހު ފަސް ރަށަކަށް ވަޑައިގެންނަވާނެ ކަމ...

25 Aug 2022 | 12:23

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅަށް ވަޑައިގެންނަވަން ހަމަޖެއްހިއްޖެ އެވެ.

ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިދަތުރުފުޅުގައި ރައީސް ސޯލިހު ފަސް ރަށަކަށް ވަޑައިގެންނަވާނެ ކަމަށެވެ. އެއީ ރަތްމަންދޫ، ވޭވަށް، މުލި، ދިއްގަރު އަދި މަޑުއްވަރަރީ އެވެ.

މިއުވާން ވިދާޅުވީ މިދަތުރުފުޅުގައި މި ރަށްތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށެވެ. އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންނަވާނީ މިމަހުގެ27 ވަނަ ދުވަހު އެވެ. އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު29 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް