އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅަފައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން މީޑިއާގައި ބުނީ ރިޔާސީ އިންތިހާބަށް ބޭނުންވާ ބަޖެޓު ކަނޑައަޅާ ނިމިފައިވާ ކަމ...

25 Aug 2022 | 10:25

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅަފައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން މީޑިއާގައި ބުނީ ރިޔާސީ އިންތިހާބަށް ބޭނުންވާ ބަޖެޓު ކަނޑައަޅާ ނިމިފައިވާ ކަމަށެވެ. އީސީގެ އަންނަ އަހަރުގެ ބަޖެޓު ކަނޑައަޅާފައިވާނީ މި ފައިސާ ހިމަނައިގެން ކަމަށް މައުލޫމާތުދެ އެވެ.

އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މީޑިއާގައި ވިދާޅުވީ ބަޖެޓު ކަނޑައެޅީ ރިޔާސީ އިންތިހާބުގެ ފުރަތަމަށް ބުރަށް 95 މިލިއަން ރުފިޔާ އަދި ދެވަނަ ބުރަށް 25 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް