ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓުތަކުގެ އެޕާޓްމެންޓެއްގައި ގޭސް ލީކުވެގެން މީހަކު ފިހިއްޖެ އެވެ.
މިހާދިސާގައި ފިހިފައިވަނީ ގާތްގަނޑަކަށް40 އަހަރުގެ އަންހެނެކެވެ. މި ހާދިސާ ހިނގީ މިއއަދު ހެނދުނު7:00 ހާއިރު އެވެ.
އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ކަން ހިނގި ގޮތް އެނގޭ މީހަކު މީޑިއާގައި ބުނީ އެމީހާ ފިހުނީ ގޭސް ލީކުވެފައި ހުއްޓަ އުނދުން ރޯކޮށްލިތަނާ ކަމަށެވެ. އޭގެ ކުރިން ގޭސް ލީކުވާކަން ނޭނގޭ ކަމަށްވެ އެވެ.
ހާދިސާ ހިނގި އިރު އެޕާޓްމެންޓުގައި ތިބީ އެ އަންހެން މީހާގެ ފިރިމީހާ އާއި ދެ ދަރިންނެވެ. މި ހާދިސާގައި އެޕާޓްމެންޓަސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.
ގދ. ރަތަފަންދޫގައި ގޭސް ފުޅިއެއް ގޮވައި ފިހުނު އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފްތާގައި ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް