ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރަަކަށް އަހުމަދު ތަސްމީން އަލީ އައްޔަން ކޮށްފި އެވެ.
ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އޭނާއަށް ސަފީރު ކަމުގެ ފަތްކޮޅު އެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ތަސްމީންއަކީ އިނގިރޭސިވިލާތުގެ، ޔުނިވާސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ މީގެ ކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ހިމެނެއެވެ.
ތަސްމީން ސިންގަޕޫރު ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ޖޫން މަހުގެ30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް