މިސްކިތުން ބޭރަށް ނަމާދު ކުރާ އަޑު ނީވޭގޮތް ހަދަން އަންގައިފި

މިސްކިތްތަކުގައި ނަމާދު ކުރާއިރު ބޭރަށް އަޑު ނީވޭ ގޮތް ހަދަން މުދިމުންނަށް އަންގއިފި އެވެ އިސްލާމިކް މިނިސްޓްރީން މި އެންގުން އެންގީ ބައެއް މިސްކިތްތަކަށެވެ. އެ މިނިސްޓްރީން ވަނީ މިކަން ޔަގީން ކޮށްދީފ...

25 Aug 2022 | 04:58

މިސްކިތްތަކުގައި ނަމާދު ކުރާއިރު ބޭރަށް އަޑު ނީވޭ ގޮތް ހަދަން މުދިމުންނަށް އަންގއިފި އެވެ

އިސްލާމިކް މިނިސްޓްރީން މި އެންގުން އެންގީ ބައެއް މިސްކިތްތަކަށެވެ. އެ މިނިސްޓްރީން ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ.

އިސްލާމިކް މިނިސްޓްރީން މީޑިއާގައި ބުނީ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ނީވޭ ގޮތަށް ހަދަން އެންގީ އަދު ގަދަކަމުން ސަރަހައްދުގެ އާންމުންގެ ޝަކުވާއާއި ލިބޭތީ ކަމަށެވެ.

ބައެއް މިސްކިތްތަކުގައި، ބަންގި ގޮވާ އިރު ޖައްސާފައި ހުންނަ ލައުޑް ސްޕީކަރު ކަނޑާނުލައި ނަމާދު ކުރާތީ މިސްކިތް ހުންނަ ސަރަހައްދަށް ވަރަށް ބާރަށް އަޑު ހުރެއެވެ. އާންމު އުސޫލުގެ ދަށުން ސްޕީކަރު ބޭނުން ކުރަން ޖެހެނީ ބަންގި ގޮވާ އަޑު އިއްވުމަށެވެ.

ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގައިވެސް ނަމާދު ކުރާ އަޑު މިސްކިތުން ބޭރަކަށް ނީއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް