ރަޝިއާއިން ޔޫކްރެއިންގެ ރޭލު ސްޓޭޝަނަކަށް ރޮކެޓޫ ހަމަލާއެއްދީ 22 މީހުން މަރާލައިފި

ރަޝިއާއިން ޔޫކްރެއިންގެ ރޭލު ސްޓޭޝަނަކަށް ދިން ރޮކެޓު ހަމަލާއެއްގައި22 މީހުން މަރާލައިފި އެވެ. މި ހަމަލާ ދީފައިވަނީ ދެގައުމުގެ ހަނގުރާމަ ފެށިތާ އިއްޔެ ހަ މަސް ފުރުމާއި ދިމާކޮށެވެ. މި ހާދިސާގައި50 އަށް...

25 Aug 2022 | 04:31

ރަޝިއާއިން ޔޫކްރެއިންގެ ރޭލު ސްޓޭޝަނަކަށް ދިން ރޮކެޓު ހަމަލާއެއްގައި22 މީހުން މަރާލައިފި އެވެ.

މި ހަމަލާ ދީފައިވަނީ ދެގައުމުގެ ހަނގުރާމަ ފެށިތާ އިއްޔެ ހަ މަސް ފުރުމާއި ދިމާކޮށެވެ. މި ހާދިސާގައި50 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.

މި ހަމަލާ ދީފައިިވަނީ ޔޫކްރެއިންގެ ޓައުނެއް ކަމަށްވާ ޗަޕްލީނޭގައި އެވެ. މި ހާދިސާގައި އެ ސަރަހައްދުގައ އޮތް މީހުން އުފުލާ ހަތަރު އުޅަނދެއްގައި އަލިފާންވެސް ރޯވެ އާންމުން ދިރިއުޅޭ ގެއެއްވެސް ހަލާކުވެފައިވެ އެވެ.

މި ހަމަލާދިންކަން ފުރަތަމަ އިއުލާނު ކުރީ ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރު ޒެލެންސްކީ އެވެ. އދ. ގެ ސެކިއުރިޓި ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ރަޝިއާ ބައިވެރިވާ ގޮތަކީ ޔޫކްރެެއިން ބޮމެއް އަޅާލުން ކަމަށެވެ.

މި ހަމަލާ އާއި ގުޅިގެން ރަޝިއާއިން މިހާތަނަށް އެއްޗެއް ނުބުނެ އެވެ. އަދި މިހާތަނަށް އާންމުން ދިރިއުޅޭ ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ދިން މިފަދަ ހަމަލާތަކުގެ ޒިންމާ އެ ގައުމުން ނަގާފައެއްވެސް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް