ޤައުމުގެ ހާލަތު ބަދަލުވަމުން މިދަނީ ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި އާމްދަނީން ދެކޮޅުނުޖެހި: މޭޖަރ ރިޓެއަރޑް އާޒިމް

ޤައުމު ބިނާކުރެވޭނީ ތަފާތު މަސައްކަތްތެރި ހުނަރުވެރިންގެ ހިއްސާ އާއެކުގައި ކަމަށް މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކް ގައި ލިޔުއްވަމުން ގެންދަވާ "އަޅުގަނޑުގެ ޚިޔާލު" ސި...

24 Aug 2022 | 19:42

ޤައުމު ބިނާކުރެވޭނީ ތަފާތު މަސައްކަތްތެރި ހުނަރުވެރިންގެ ހިއްސާ އާއެކުގައި ކަމަށް މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާގެ ފޭސްބުކް ގައި ލިޔުއްވަމުން ގެންދަވާ "އަޅުގަނޑުގެ ޚިޔާލު" ސިލްސިލާގެ ތެރެއިން ލިޔުއްވާފައިވާ ލިޔުމުގައިވަނީ ކޮންމެ ފަރުދަކަށް ލިބިފައިވާ މަސައްކަތްތެރިކަމުގެ ހުނަރު ބޭނުންކޮށްގެން އާމުދަނީ ހޯދުމަށް މަގުކޮށުމަށް އެދިވަޑައިގެންފައެވެ.

ޤައުމު ބިނާކުރެވޭނީ ތަފާތު މަސައްކަތްތެރި ހުނަރުވެރިންގެ ހިއްސާއާއި އެކުގައި ކަމަށާއި ޤައުމުގައި ދިރިއާލާވަމުންދާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ސިޔާސީ ގޮތުންނާއި ފަރުދީ ގޮތުން އަޑުއުފުލަންވާނެ ކަމަށެވެ. އަދި ޤައުމުގެ ވެރިކަމަށް ސިޔާސީ ޕާރޓީތަކުން ކެޑިޑޭޓަކު ނެރެނީ މެނިފެސްޓޯއެއްގެ އަލީގައިކޖަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރައްޔިތުން ޤަބޫލުކުރާ ސިފަތަކެއް އަދި އުއްމީދީ ބަދަލުތަކެއް އެމެނިފެސްޓޯގައި ގެނެސްދޭނެކަމަށް ޔަޤީންކޮށްގެން ރައްޔިތުން ވޯޓުދޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ފަސްއަހަރަކުން އާ މެނިފެސްޓޯއެއް ރައްޔިތުންނަށް ލިބޭ ކަމަށާއި މެނިފެސްޓޯގައި ވެރިކަން ލިބުމުން އިތުރު ދައުރެއްއެދޭނެ ކަން ބަޔާންކޮށްފައިނެތްނަމަވެސް ކަންވާގޮަތަކީ ވެރިކަމަށް އަރާވެރިން ދެވަނަ ދައުރަކަށް އެދެމުންދިއުން ކަމަށެވެ. އަދި ސިޔާސީ އާވިސްނުންތަކަށް އާލީޑަރުންނަށް ފުރުޞަތުދެވެނީ މަދުންކަން ވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

" އެއީ ޤައުމުގެ ވެރިކަމަށް ކުފޫ ހަމަވާ ފަރާތްތަކެއް ނެތިގެންނޫނެވެ. އެހެންކަމުން ޤައުމީ ވިސްނުމެއްގައި ޤާބިލް އާ ލީޑަރުންނަށް ރައްޔިތުންގެ ލޯތަށް އަމާޒުކުރަންޖެހެއެވެ. އަދި ރައްޔިތުންގެ ފުށުން ފުރުޞަތުތައް އާލިޑަރުންނަށް ހުޅުވާލަދީގެން ޤައުމަށް އުއްމީދީ ބަދަލުތަކެއް ގެނެވިދާނެއެވެ." އާޒިމް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ޤައުމުގެ ހާލަތްބަދަލުވަމުން މިދަނީ ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި އާމްދަނީ އިން ދެކޮޅުނުޖެހި ކަމަށާއި ޤައުމުގައި ޢިލްމީ ޒުވާނުންގެ ހިއްސާ އޮތް އިންސާނީ ވަސީލަތްތައް ތަރައްޤީކުރެވިފައިވީނަމަވެސް ފިޔަވަޅުނޭޅި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތު މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ޤައުމުގެ ހާލަތު ބަދަލުކުރެވޭނީ ރަނގަޅު ކަންކަންކަމަށް އިސްކަންދީގެން ކަމަށާއި ރައްޔިތުންގެ އާ ޚިޔާލުތަކުން އާ ލީޑަރުންނަށް ފުރުޞަތު ދީގެން ކަމަށެވެ. އަދި ޤައުމު ކުރިއެރުވުމަށް ހުރިހާ ސިޔާސީ ވެރިން ގެންގުޅުއްވާ ސިޔާސަތުތައް ރައްޔިތުން އަޑުއަހާލުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

އެހުށައެޅުމަށް ފުންކޮށްފިކުރުކޮށްލުން އެއީވެސް ނެތްކަމެއްނޫން ކަމަށާއި ޤައުމުގެ އުފެއްދުންތެރި ސިޔާސަތުތަކަަށް އެމީހެއްގެ އަމިއްލަ ވިސްނުމުން މިނިވަންކަމާއު އެކު ޚިޔާލު ފާޅުކޮށްލުމަކީ ވަރަށް މުހިއްމު ކަމެެއް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ މީހަކަށް ވެސް ޤައުމުގެ ކުރިމަގަށް އާ ލީޑަރަކާއި އެކު ކުރިއަށްދާން އާވިސްނުމެއް ބޭނުން ކުރުމުގެ ފުރުޞަތު ވެސް އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް