ރާއްޖެއިން އިތުރުން 110 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 76 މީހުންނާއި މާލެއިން 27 މީހުންނެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ ހަތަރު މީހުންނަށެވެ. ދެން ޕޮސިޓިވްވެފައިވަނީ ސަފާރީތކުން ތިން މީހެކެވެ.
ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 5،569 ސާމްޕަލެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،682 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 15 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 78،408 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 225 އަށް އަރާފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 80،328 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް