13 އަހަރު ކުއްޖާގެ މަރުގެ މައްސަލައިގަ ޒިހާންގެ ޝަރީއަތް މާދަމާ ފަށަނީ

އުމުރުން13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގަ ދައުވާ އުފުލާފައިވާަ މައްސަލައިގެ ޝަރީއަް މާދަމާ ފަށަން ތާވަލު ކޮށްފި އެވެ. އެ މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ އ...

25 Aug 2021 | 14:37

އުމުރުން13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގަ ދައުވާ އުފުލާފައިވާަ މައްސަލައިގެ ޝަރީއަް މާދަމާ ފަށަން ތާވަލު ކޮށްފި އެވެ.

އެ މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި ނ. ލަންދޫ، ބަގީޗާގޭ އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ މައްޗަށެވެ. މާދަމާ ޝަރީއަތް ފަށަން ތާވަލް ކޮށްފައިވަނީ ޒިހާންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެވެ.

ޒިހާންގެ ޝަރީއަތް  ތާވަލުކޮށްފައި އޮތީ ހެނދުނު 11:00 އަށެވެ. ކުޑަކުއްޖާ އާއި ދެކޮޅަށް ދައުވާ އުފުލާފައިވަނީ ޖުވެނައިލް ކޯޓުގައި އެވެ. އެޝަރިއަތުގެ ތާވަލު އަދި ނޭނގެ އެވެ.

މި މައްސަލައިގަ ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ13 ދައުވާއެއް އުފުލާފައިވެ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޒިހާނާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ފަސް ދައުވާ، ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާ އެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެވެ. އަދި ޖިންސީ ގޯނާ ހިންގުމަށް ކުޑަ ކުއްޖަކު ގްރޫމްކުރުމާއި ހުއްދަ ނޫން ގޮތުގައި މައްޔިތާގެ ބޭނުން ހިފެހެއްޓުމުގެ އިތުރުން ނަހަމަ ގޮތުގައި ޖިންސީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ އެވެ.

17 އަހަރުގެ ކުއްޖާ އާއި ދެކޮޅަަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ11 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ކުއްޖާ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ.

13 އަހރު ކުއްޖާ މަރާލުމަށް ފަހު ފޮއްޓަކަށް ލާފައި އޮއްވަ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުގެ ކަރުތާފެނާއި ހިސާބުންނެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް