ކަރަންޓު ބިލު ނުދައްކައިގެން ގއ. ވިލިގިނލި ކައުންސިލު އިދާރާ އިން ކަރަންޓު ކަނޑާލައިފި އެވެ.
އެ ރަށު ކައުންސިލު މެމްބަރަކު ވިދާޅުވީ އެ ބިލުތަކަށް 1.6 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ކަރަންޓް ބިލް ނުދައްކާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިލުތަކަށް ފައިސާ ދެއްކުމުގެ ކަންކަން ކުރަމުން އަންނަކަަމަށާއި މިހާތަނަށް 6 ލައްކަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެއްފަހަރާ ފައިސާ ދެއްކޭނެ މިންވަރަށް އެ އިދާރާގެ ބަޖެޓްގައި ފައިސާ ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ބިލުތަކަށް ފައިސާ ނުދެއްކުމުން އެ އިދާރާއިން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލިނަމަވެސް ދެފަރާތުން މަޝްވަރާކޮށްގެން އެ އިދާރާއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ހުރި ގޮތްތައް ބަލާ، ދެ ފަރާތުން ވެސް މަޝްވަރާކުރަމުން އަންނަކަމަށް ވެސް ގއ. ވިލިގިނލީ ކައުންސިލު އިދާރާ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް