ކަޔާނޯގެ ލަވަ އަޑު އިވިވަޑިގެން ނަޝީދަށް "ރޮވިއްޖެ"!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހުދިން ބޮމުގެ ހަމަލާއާ ގުޅިގެން ޓްރެފިކް ޖޭމްގެ މިޔުޒިޝަން "ކަޔާނޯ" ތައްޔާރުކޮށްފައިވާ ލަވަ "ބޮން" އަޑުއަ...

25 Aug 2021 | 10:40

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހުދިން ބޮމުގެ ހަމަލާއާ ގުޅިގެން ޓްރެފިކް ޖޭމްގެ މިޔުޒިޝަން "ކަޔާނޯ" ތައްޔާރުކޮށްފައިވާ ލަވަ "ބޮން" އަޑުއަހާ އަސަރުން ރޮވިއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ނަޝީދު ވަނީ ކަޔާނޯއާއި ބޭންޑަށް ތަހުނިޔާވިދާޅުވެފައެވެ. އަދި ވިދާޅުވީ އެމަނިކުފާނު ބަސް ހުއްޓިފައި އިނދެވޭނީ މަދު ފަހަރަކު ކަމަށާއި، އެހެންނަމަވެސް "މިވަގުތު މިއިނީ އަސަރުން ރޮވިފައި، އުފަލުން ހެވި މަންޒަރު ފެނި ހީބިހި ނަގާފައި" ކަމަށެވެ.

https://twitter.com/MohamedNasheed/status/1430407808831262720

ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ބޮން ގޮއްވާލި ސަރަހައްދުގައި ކަޔާނޯގެ ލަވަ ރޭ ނެރެދެއްވީ ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު މިވަގުތު އިތުރުފަރުވާ އިނގިރޭސިވިލާތުން ހޯއްދަމުން އަންނައިރު އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދި އަދަބު ދެވެންދެން ރާއްޖެދިއުމަށް ފަސްޖެހޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް