ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ އެވެ.
މި އެއްބަސްވުމުގެ ދަށުން މުރައިދޫ ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރު ތޮށި ލާނެ އެވެ. އަދި 50 މީޓަރުގެ ގްރޮއިން ޖެހުމާއި 105 މީޓަރުގެ ރިވެޓްމެންޓު ޖަހާނެ އެވެ.
މީގެ އިތުރުން 212 މީޓަރުގެ އެއްގަމު ތޮށިލުމާއި ނުވަ މީޓަރު ފުޅާ އަދި ނުވަ މީޓަރު ދިގު ރޭމްޕެއް ހަދާނެ އެވެ. މަޝްރޫއު އެއްކޮށް ނިންމާލާއިރު ދެ މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހަދާނެ އެވެ. މި މަޝްރޫއުގް އެމްޓީީސީ ނިންމާއިރު ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން 1،703.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހަދާނެ އެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންްފުންޏާއި ހަވާލުކޮށްފައިވަނީ33.27 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރު ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް