ޖޭޕީގެ ހަރަކާތްތައް ފުޅާކުރުމަށް އަތޮޅު ބުރުތަކެއް

ދިވެހިރާއްޖޭގެ ބޮޑެތި ޕާޓީތަކުގެ ތެރޭގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސިޔާސީ މަސައްކަތް ފުޅާކުރުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށަށް ދަތުރުތައް ފެށުމަށް އެޕާޓީން ނިންމައިފިއެވެ. ޖުމްހޫރީ ޕާޓީން ރޭ ބޭ...

25 Aug 2021 | 08:46

ދިވެހިރާއްޖޭގެ ބޮޑެތި ޕާޓީތަކުގެ ތެރޭގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސިޔާސީ މަސައްކަތް ފުޅާކުރުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށަށް ދަތުރުތައް ފެށުމަށް އެޕާޓީން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލު ވުމުގައި ވަނީ ޕާޓީގެ ޙަރަކާތައް އިތުރަށް ފުޅާކުރުމަށާއި އަތޮޅުތަކުގައި ޙަރަކާތްތައް އިތުރު ކުރުމުގެ މަޝްވަރާތައް ކޮށްފައެވެ. އެގޮތުން އަތޮޅު ބުރުތަކެއް ވަރަށްއަވަހަށް ފެށުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރޭގެ ބައްދަލުވުމުގައި ޖޭޕީގެ ސުލޫކީ ކޮމެޓީއާއި އިސްތިއުނާފް ކޮމެޓީން ހުސެވެފައިވާ މަގާމުތަކަށް ކުރިމަތި ލާފަވާ ފަރާތަކުގެ އިންތިޚާބު ވަނީ ބާއްވާފައެވެ. މިހާރު މި ދެކޮމެޓީގެ މަސައްކަތްވަނީ ނިންމާފައެވެ. މިބައްދަލުވުމުގައި ޖޭޕީގެ ހިންގުން ހަރުދަނާ ކުރުމަށް މިވަގުތު އަލަށް އުފެއްދުމަށް ފެންނަ 10 ކޮމެޓީއެއް ވަނީ ހުށަހަޅައި އަދި ކައުންސިލުން އެކަމަށް ވަނީ ރުހުންދީފައެވެ. އަދި ކައުންސިލްގެ 15 މެމްބަރުންތެރެއިން ހުސްވެފަވާ 2 މެމްބަރެއްގެ މަޤާމަށް ބޭފުޅުން ކުރިމަތިލެއްވުމަށް ފުރުސަތު ވަނީ ހުޅުވާލަން ނިންމާފައެވެ.

މި ބައްދަލުވުމުގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ޑެޕިއުޓީ ލާޑަރު އަދި ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަނާއި ޑެޕީއުޓީ ލީޑަރ އަމީން އިބްރާހިމާ އެކު 29 ކައުންސިލް މެމްބަރުން ބައިވެރި ވެވަޑައިގެންނެވިއެވެ.

މަޑުޖެހުމަކަށް ފަހު ޖޭޕީގެ ހަރަކާތްތައް އަލުން ފަށާއިރު ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް