ދިޔާނާ ވިދާޅުވަނީ ރައީސް އޮފީހުން ގާނޫނާ ޚިލާފުވެއްޖެ ކަމަށް

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްގެ މައްޗަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައިވާ ތަހުގީގު ގެންދިޔައީ ގޯސްކޮށް ކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އެންގި އެންގުމަކީ ކޮމިޝަންތަކުގެ ގާނޫނާއި ޚި...

25 Aug 2021 | 05:22

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްގެ މައްޗަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައިވާ ތަހުގީގު ގެންދިޔައީ ގޯސްކޮށް ކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އެންގި އެންގުމަކީ ކޮމިޝަންތަކުގެ ގާނޫނާއި ޚިލާފަށް ކުރި ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ލަންކާ މީހެއްގެ ހެކިބަސް ނަގަން އެ ކޮމިޝަނުން ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އަމަލު ކުރީ ގާނޫނުތަކާއި ހިލާފަށް ކަމަށް ވިދާޅުވެ މަހްލޫފްގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހްއަށް ސިޓީއެއް ވެސް ފޮނުއްވިއެވެ.

ޖިނާއީ މައްސަލަތަކާއި ގުޅިގެން ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށައަޅާ ހުށަހެޅުމެއް ފޮނުވައިގެންނެވެ.

https://twitter.com/dhiyanasaid/status/1430368442452828163

އެސެޓް ރިކަވަރީ ކޮމިޝަނަށް ރައީސް އޮފީހުން އަންގާފައި އޮތީ އެ ގައުމަކަށް ފޮނުވަން ޖެހޭ މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް ފޮނުވާފައި ނުވާތީ އެ ކޮމިޝަންގެ ތަހުގީގު ހިންގީ ގާނޫނުތަކާއި ޚިލާފަށް ކަމަށެވެ.

ކުޜީގެ އެޓާނީ ޖެނަރަލް އަދި ގާނޫނީ ވަކީލު ދިޔާނާ ވިދާޅުވީ، އެ ކަމަކީ މަސްލަހަތު ފުށު އެރުމުގެ ގާނޫނާއި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ރޫޚާ ޚިލާފު ކަމެއް ކަމަށެވެ.

"ތަހުގީގީ މަރުހަލާތަކަށް އަތް ބާނައި މިސްރާބު ކިލަނބު ކުރަން ސަރުކާރުން ހުއްޓާލަން ޖެހޭ،" ދިޔާނާ ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް