ބޮލީވުޑްގެ ބަތަލާ ނޭހާ ދުޕިއާއަށް ދެވަނަ ދަރިފުޅު ލިބޭކަން މާ ގިނަ ދުވަހެއް ނެތެވެ.
މިހާރު ބަނޑަށް އަށް ވަރަކަށް މަހުގެ ނޭހާ ފަރާތުން މިފަހަރު ދަނީ ތަފާތު ކަންކަން ދައްކާލަމުންނެވެ. އެގޮތުން ބަލިވެ އިންފަހުން އޭނާ ދެ ފިލްމެއްގެ މަސައްކަތްތަކެއް ވަރުބަލި ކަމެއް ނެތި ކޮށްފައިވެ އެވެ.
އޭގެ ތެރެއިން އޭނާ ބަނޑު ބޮޑުވިއިރު ފިލްމު "ސަނަކް" ގެ ޝޫޓިންގެ މަސައްކަތްތައް އެކޮށް ވަނީ ނިމިފަ އެވެ. ދުރާލާ ޕްލޭން ކޮށްގެން ބަލިވެ އިނދެފައި ނުވާތީ ނޭހާ ބުނެފައިވަނީ ފިލްމަށް އަޑު އެޅުމުގެ ކަންކަން ބަނޑުބޮޑުއިރު ކުރަން ޖެހުމުން ތަފާތު އިހުސާސްތަކެއް ކުރެވޭ ކަމަށެވެ.
އޭގެ ފަހުން މިހާރު ރިޕޯޓުތަކުގައި ބުނާގޮތުގައި އޭނާ ދަނީ ބަނޑުބޮޑު އިރު ފިލްމެއްގެ ޝޫޓިން މަސައްކަތްތަކެއް ކުރަމުންނެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާ ރޯލު އިއްޔެ ވަނީ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފަ އެވެ.
"އަ ތާޒްޑޭ" ގެ ނަން ދީފައިވާ މި ފިލްމުގައި ނޭހާ ފެނިގެންދާނީ މާބަނޑު ފުލުހެއްގެ ރޯލުންނެވެ. ފިލްމުގައި ނޭހާގެ ނަމަކީ އޭސީޕީ ކެތަރިން އަލްވަރޭޒް އެވެ. އޭނާ ފެނިގެންދާނީ ވަރަށް އަމުރުވެރި ހަރުކަށީ ފުލުހުންގެ އިސް މީހެއްގެ ގޮތުގައި އެވެ.
ބެހްޒާދް ކަންބަތާ ޑައިރެކްޓު ކުރާ މި ފިލްމަކީ ޕްލޭ ސްކޫލެއްގައި ކިޔަވަމުންދާ 16 ކުޑަކުއްޖަކު ޓީޗަރަކު ރަހީނު ކުރުމުގެ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.
ފިލްމުގައި ފެނިގެންދާ އިތުރު މަޝްހޫރު ތަރިންގެ ތެރޭގައި ޔާމީ ގޯތަމް، ޑިމްޕަލް ކަޕާޑިއާ، އަތުލް ކުލްކާނީ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް