އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެއްވޭނެ ކަމަށް އެ ޕާޓީގެ ނިންމާފައިވަނީ ރަނގަޅަށް ކަމަށް ބުނެފި އެވެ.
މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގަ އޭނާގެ މައްޗަށް ދައުވާކޮށްދިނުމށް އޭސީސީން ޕީޖީ އޮފީހުގއި އެދިފައިވާތީ އެވެ. މި މއްސަލައިގަ މަހުލޫފު ހުންނެވީ މިނިސްޓަރު ކަމުން ސަސްޕެންޑު ކުރައްވާފަ އެވެ.
އިންތިހާބުގައި މަހުލޫފށް ވާދ ނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމުމުން މަހުލޫފުގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފު މައްސަލަ ބެލުމަށް ފަހު ރޭ އެ ޕާޓީން ނިންމާފައިވަނީ އެ އިންތިހާބަށް މަހުލޫފްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށާއި އޭނާގެ ކެންޑިޑެސީ ބާތިލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.
ސަބަބެއް ގޮތުގައި އެ ކޮމިޓީން ބުނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއްގެ ޝަރުތު މަހުލޫފްގެ ފުރިހަމަވިޔަސް ގައުމީ މަޖިލީހަށް އިންތިހާބުވާ މީހުންނަކީ އެ މަގާމުގެ ހައިސިއްޔަތުން ގައުމީ މަޖިލީހަށް އައްޔަން ކުރާ މެންބަރުންނަށް ނުވާތީ އެވެ. އަދި އިންތިހާބުގައި ވާދަ ކުރުމަށް ވަކި ޝަރުތުކެއް ކަނޑައެޅުމަކީ ގާނޫނު ދަންނަ ކަމެއް ކަމަށާއި އޭސީސީން މަހުލޫފްގެ މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާތީ އޭނާގެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް އެ ކޮމިޓީން ބުންޏެވެ.
މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމި ނަމަވެސް ކުރިން އޭނާއާއެކު ކެންޑިޑެސީ ބާތިލު ކުރި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްސަލަ މުރާޖައާ ކުރުމަށް ފަހު، އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ކޮށް އަލުން އެ ފުރުސަތު ވަނީ ދީފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަހުލޫފު ހުށަހެޅުއްވީ، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.
މަހުލޫފު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ ނިންމުން އޭނާއަށް އަންގާފައިވާ ކަމަށް ވިދާޅުވެފައިވެފަ އެވެ.
އެމްޑީޕީން މި މައްސަލައިގަ އިއްޔެ ގޮތް ނިންމާފައި މިވަނީ އިސްތިއުނާފަށް ހުށަހެޅި މައްސަލައިގަ ޖަވާބެއް ލިބުން ލަސްވާތީ އެ މައްސަކަ މަހުލޫފުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް