އިސްލާމް ދީނާއި ޚިލާފް އެއްވެސްކަމަކަށް ސަރުކާރުން ޖާގަ ނުދޭނެކަމުގެ ޔަޤީންކަން އެބައޮތް: ޔައުގޫބު

އިސްލާމް ދީނާއި ޚިލާފް އެއްވެސްކަމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޤުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރ...

25 Aug 2021 | 03:13

އިސްލާމް ދީނާއި ޚިލާފް އެއްވެސްކަމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޤުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވުމުގެ މަޤްޞަދުގައި ޤާނޫނުލް އުޤޫބާތަށް، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުށައެޅުއްވި ބިލަށް ވާހަކަފުޅު ދައްކަވަމުން ނެވެ.

މެމްބަރު ޔައުގޫބު ވިދާޅުވީ މިސަރުކާރުން ހަރުކަށި ފިކުރާއި އިސްލާމްދީނަށް ފުރައްސާރަކުރުންފަދަ ދީނުގެ އަސްލަކަށް ގެއްލުންވާފަދަ އެއްވެސްކަކަމަށް ޖާގަދޭތަން ފެނިގެން ނުދާ ކަމަށެވެ.

ދީނާއި ޚިލާފް ނުަވަތަ ދީނީ ކަންކަމާއި ފުށުއަރާކަމެއް އޮވެއްޖެ ނަމަ އެކަމާއި ދެކޮޅަށް އޭނާ ހުންނާނެކަމަށާއި މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖޭގައި ފެށުނުފަހުން އިސްލާމްދީނުގެ އުސޫލްތައް ހިފެހެއްޓުމާއި އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި މިސަރުކާރުން ކުރިވަރުގެ މަސައްކަތްކުރި އެއްވެސް ސަރުކާރެއް މިވީހާތަނަށް ފެނިފައިނުވާ ކަމަށް ވެސް ޔައުގޫބު ވަނީ ވިދާޅުވެފަ އެވެ.

އިސްލާމް ދީން ޕްރޮމޯޓްކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޔައުގޫބު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހަރުކަށި ފިކުރުގެ އެއްވެސް ފަރާތަކާމެދު އެއްވެސް ފިޔަވަޅެއް އެޅިތަނެއް ފެނިފައިނުވާކަން ފަހާގަ ކުރައްވާފަ އެވެ. އަދި ވިދާޅުވި ފެނިގެން ދިޔައީ ހަރުކަށި ފިކުރުގެ މީހުންނަށް ފުރުޞަތު ދީގެން އެމީހުން ބޭނުންވާގޮތަށް މާހައުލު ތަނަވަސްކޮށްދީގެން ވެރިކަމުގެ ނިޒާމް ހިންގަމުންދިޔަ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް