ގިނަ މީހުންނަށް ހީވެފައި އޮންނަނީ މުއްދަތު ހަމަވަނީ ހަމައެކަނި ކާބޯތަކެތީގައި ކަމަށެވެ. ނުވަތަ މުއްދަތު ހަމަވާ ތާރީޚް ބަލަންޖެހެނީ ހަމައެކަނި ކެއުމަށާއި ކެއްކުމަށް ބޭނުންކުރާ އެއްޗެތީގައި ކަމަށެވެ. މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ކާބޯ ތަކެއްޗާ އެއްފަދައިން ދިރިއުޅުމަށް އިންސާނުން ބޭނުންކުރާ އެހެނިހެން ތަކެތީގައިވެސް މުއްދަތު ހަމަވާ ތާރީޚެއް އޮންނާނެއެވެ. އެތާރީޚްގެ ފަހުން އެފަދަ ތަކެތި ބޭނުންކުރުމުން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުންކުރުމުން ސިއްހަތަށް ގެއްލުންވާފަދައިން ގެއްލުންވާނެއެވެ.
ލާން ބޭނުން ކުރާ ހެދުމާއި، ފެން ހިއްކަން ބޭނުންކުރާ ތުވާލި ، އަރަން ގެންގުޅޭ ފައިވާން، އަންހެން ވެރިން އަޅަން ގެންގުޅޭ ބްރާ އަދި އިށީންނަ ގޮޑީގެ ކަވަރުފަދަ ތަކެތި ވެސް ބޭނުންކުރަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮވެއެވެ. އެތާރީޚްގެ ފަހުން ބޭނުންކުރާނަމަ ހަށިގަނޑަށް އެކަމުގެ ނުބައި އަސަރު ކުރާނެއެވެ. ސިއްޚީ ގޮތުން ނުރތައްކަލާ ކުރިމަތިވާނެއެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ދާދިފަހުން ސިއްޚީ މާހިރުން ކުރި ދިރާސާއަކަށެވެ. މި ދިރާސާ ރިޕޯޓް ހަދާފައިވަނީ އަންހެން ވެރިން އާންމުކޮށް އަޅާ ބްރާއާއި ބެހޭގޮތުންނެވެ.
މި ދިރާސާ ރިޕޯޓުގައި ވާގޮތުން އަންހެން ވެރިން އަޅާ ބުރާއަކީ ވެސް މުއްދަތެއް ކަނޑައެޅިފައިވާ އެއްޗެކެވެ. އެގޮތުން ކޮންމެ 6 މަހަކުން ބްރާ ބަދަލުކުރަން ޖެހެއެވެ. ނޫނީ ތަފާތު ސިއްޚީ މައްސަލަތައް ކުރިމަތިވެއެވެ.
ބްރާ ބޭނުންކުރަން ފެށުމާއެކު ދުވަސްކޮޅެއްގެ ފަހުން އޭގެ ސިފައަށް ނުވަތް ޝޭޕަށް ބަދަލު އައިސް ބެންޑް ވާގޮތް މެދުވެރިވެއެވެ. ހަމައެއާއެކު ލޫސް ވެއެވެ. ދިގު މުއްދަތެއްގައއި ބޭނުންކުރާނަމަ ބްރާ އެޅުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުލިބޭ ގޮތް ވެސް ވެއެވެ. ރަނގަޅު ގޮތަކީ އާއެއްޗެއް ހޯދުމެވެ.
6 މަހައްވުރެ ދިގު މުއްދަތަކަށް އެއް ބްރާ ބޭނުން ކުރާނަމަ ސިއްޚީ ގޮތުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ބުރަކަށީގައި ރިއްސުން، ކަރުގައި ރިއްސުން، އައްސިވުން ފަސަ ކަންކަން ދިމާވާ ކަމަށް ދިރާސާއި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް