ވެލާތަކެއް ފަޅައިގެން ތެޔޮކުނޑި ހާނަންތިބި 13 މީހަކު ލ އަތޮޅުން ހައްޔަރު ކޮށްފި

ވެލާތަކެއް ފަޅައިގެން ތެޔޮކުނޑި ހާނަންތިބި ބަޔަކު ލ. އަތޮޅުގެ ފަޅުރަށަކުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 12 ދިވެހި ފިރިހެނުންނާއި ...

25 Aug 2015 | 13:16

ވެލާތަކެއް ފަޅައިގެން ތެޔޮކުނޑި ހާނަންތިބި ބަޔަކު ލ. އަތޮޅުގެ ފަޅުރަށަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 12 ދިވެހި ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ލ. މާމެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު 11:30 ހާއިރު އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ލ. އޮޅަތޮޅަ ކިޔާ ފަޅުރަށެއްގައި ވެލާ ފަޅައި އެއިން ތެޔޮކުނޑި ހާނަން ތިއްބާ ކަމަށާއި އެމީހުން ތިބި ސަރަހައްދުން 3 ވެލައެއްގެ ތޮށިގަނޑާއި ގިނަ ޢަދަދެއްގެ ވެލާ ބިހާއި ވެލާ މަސް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި އެންވަޔަރމަންޓް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވެލައަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނޫ، ޤާނޫނު ނަމްބަރު 4/93 ގެ 4 ވަނަ މާއްދާގެ ދަށުން ތިމާވެއްޓާބެހޭ ވުޒާރާއަށް ލިބޭ ބާރުގެ ދަށުން ޙިމާޔަތްކޮށްފައިވާ އެއްޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް