ތައިލެންޑް ބާތު ތަކަކާއި ދެ ފޯނު ވަގަށްނެގި ވަގަކު އަތުލައިގެންފި

ހުޅުމާލޭގެ ފްލެޓަކުން ތައިލެންޑް ބާތުތަކަކާއި ދެ ފޯނު ވަގަށްނެގި ވަގަކު، އާންމުންގެ ބަޔަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގ...

25 Aug 2015 | 03:13

ހުޅުމާލޭގެ ފްލެޓަކުން ތައިލެންޑް ބާތުތަކަކާއި ދެ ފޯނު ވަގަށްނެގި ވަގަކު، އާންމުންގެ ބަޔަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ  29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  126 ނަމްބަރ ފްލެޓް ސަރަހައްދުގައި ވައްކަންކޮށްގެން އުޅޭ މީހަކު ހިފަހައްޓައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މި އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ 04:15 ހާއިރު ކަމަށެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން  ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ފޯނާއި2140 ތައިލެންޑް ބާތު ފެނިފައިވާ ކަމަށާއި އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް