މިނިވަންދުވަހު ޕޮއިސްގެ ޚާއްޞަ ޕްރޮމޯޝަނަލް އިވެންޓެއް އާރޓިފިޝަލް ބީޗްގައި- ހަދިޔާ އާއި އެތައް ޙަރަކާތެއް

މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްއާ ގުޅުން ހުރި އެތައް ޕްރޮޑަކްޓެއް ވިއްކަމުން އަންނަ ފޮއިސްގެ ޕަރފިއުމްސްއިން މާލޭ އާރޓިފިޝަލް ބީޗް ގައި ހާއްސަ އިވެންޓެއް...

25 Jul 2024 | 16:55

މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްއާ ގުޅުން ހުރި އެތައް ޕްރޮޑަކްޓެއް ވިއްކަމުން އަންނަ ފޮއިސްގެ ޕަރފިއުމްސްއިން މާލޭ އާރޓިފިޝަލް ބީޗް ގައި ހާއްސަ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

"އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް" ގެ ނަމުގައި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:10 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށް މި އިވެންޓް ކުރިއަށްދާއިރު، ފޯރިގަދަ އެތައް ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

ޕޮއިސް އިން ބުނީ، މި ހާއްސަ އިވެންޓްގެ މަގްސަދަކީ ޕޮއިސްގެ ބްރޭންޑްތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ޕޮއިސްގެ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ހޯދައިދީ ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ދިނުމާއި ހަމާއެއާއެކު، ޕޮއިސްގެ ކަސްޓަމަރުންނާއިއެކު އެއްތަނަކުން ބައްދަލުވެ، ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްޞަދުގައި ކަމަށެވެ.

މި ހަވީރުގައި ޕޮއިސްގެ މައިގަނޑު 12 ބްރޭންޑެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

"އަޅުގަނޑުމެން ހުންނާނެ އެތަނުގައި އެ ބްރޭންޑްތަކަށް ހާއްސަކޮށް 12 ސްޓޯލް ތައްޔާރުކޮށްފައި. މިހެންވުމުން އެއްތަނަކުން މި ބްރޭންޑްތަކުގެ ސެންޓުތަކުގެ ވަސްބަލާލައި ތަޖުރިބާ ކުރުމުގެ ފުރުސަތު ހަމަ އެންމެންނަށް ލިބިގެން ދާނެ. އަދި އެއިން ޕާރފިއުމެއް ބައްލަވައިގަންނަން ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް އެ ފުރުޞަތު ވެސް ހުޅުވި ބައްލަވައި ގަންނަ ކޮންމެ ސެންޓު ފުޅިއަކަށް ކޫޕަނެއް ލިބި ގުރުއަތުން ހޮވޭ ފަރާތަށް ސެމްސަންގ އެސް 23 ފޯނެއް ލިބުމުގެ ފުރުޞަތުވެސް އޮތް ވާހަކަ ދަންނަވަން." ޕޮއިސްގެ ފަރާތުން ބުންޏެވެ.

މީގެ އިތުރުން ޕޮއިޒްގެ ފޭސްބުކް https://www.facebook.com/poise.perfumes.mv https://m.facebook.com/poisepremium.maldives/ އަދި އިންސްޓަރގްރާމް poiseperfumes.com https://www.instagram.com/poise_premium  ޕޭޖްތައް ލައިކް އަދި ސެއަރ ކޮށްގެން ގުރުއަތުން ހޮވޭ ފަރާތަށް އަގުހުރި ހަދިޔާޕެކެއްވެސް ލިބިގެންދާނެކަން ޕޮއިޒް އިން ފާހަގަކުރެއެވެ.

މިފަދަ އިވެންޓެއް މިދިޔަ އަހަރު ޖޫން 16 އަދި 17 ގައި ހުޅުމާލެ ރުއްގަނޑު ދޭއްގައި ބާއްވާފައިވާއިރު އެ ހަރަކާތައް ލިބުނު ތަރުހީބު ޕޮއިޒް އިން އުފަލާއެކު ފާހަގަކުރެއެވެ.

ޖުލައި 26 ވާ ހުކުރު ދުވަހާއި 27 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިވެންޓްގެ ތެރެއިން ކުޑަކުދިންގެ ހާއްސަ ބްރޭންޑެއް ކަމަށްވާ ކިޑްސް ފެންޓަސީ ބްރޭންޑްގެ ސެންޓާއި ކުޑަކުދިންނާއި ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށާއި އަދި ކުޅިވަރުގައި ބައިވެރިވެ ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ޕޮއިޒް އިން ބުނެއެވެ.

މީގެ އިތުރުން ބޮޑެތި އުމުރު ފުރާތަކަށް ހާއްސަ ސެންޓުވެސް މި ތަނުގެ ސްޓޯލްތަކުން ވަސް ބަލައިލުމުގެ ފުރުސަތު ލިބިގެންދާއިރު، އެ އުމުރު ފުރާތަކަށް ހާއްސަކޮށް ކުޅިވަރުގެ ހަރަކާތްތައް ރޭވިފައި ވާނެކަމަށާއި އަދި ހަމަ އެހެންމެ މި ހަރަކާތަށް ޒިޔާރަތްކޮށް، ހަރަކާތްތަކުގައި ބައިވެރިވެގެން ވައުޗަރާއި ހަދިޔާވެސް ލިބިގެން ދާނެކަން ޕޮއިޒް އިން ފާހަގަކުރެއެވެ.

ޕޮއިސްއަކީ ދިވެހިންނަށް އާ ކުންފުންޏެއް ނޫނެވެ. މިއީ ދިވެހިންނާއި ގުޅޭ އެތައް ބްރޭންޑެއްގެ ކޮސްމެޓިކްސް ގެނެސް ވިއްކަމުން އަންނަ ދިވެހިންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް