ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ "ޝަރަފުގެ ހިނގާލުން" ޖުލައި 26 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ކުރިއަށް ގެންދާ މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެެވެ.
މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ، މާދަމާ ހަވީރު 16:15 ގައި ބަންޑާރަކޮށީންނެވެ. މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގެ ރާގު ކުޅޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު ތަކަކީ،
- އަމީރު އަހުމަދު މަގު، ޕާކިންޒޯން ކުރިމަތި
- ސޯސަންމަގު ދިވެހިބަހުގެ އެކަޑަމީ ކުރިަމތި
- މަޖީދީމަގު/ ޗާންދަނީމަގު ހަތަރު އަނގޮޅި
- މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި
- ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުުތުރު ކަންމަތީގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް