ހުޅުމާލެއިން ބަނގުރާ ދަޅުތަކަކާއި އެކު ދެ މީހަކު އަތުލައިގެންފި

ހުޅުމާލެއިން ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ. މި މައްސަލައާއި ގުޅިގެން މިއަދު ހެނދުނު ވަނީ ދިވެހި ދެ ފިރެހެނެއް ހައްޔަރުކޮށްފައެވެ. ...

25 Jul 2024 | 09:49

ހުޅުމާލެއިން ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ހެނދުނު ވަނީ ދިވެހި ދެ ފިރެހެނެއް ހައްޔަރުކޮށްފައެވެ. ހުޅުމާލެއިން ހައްޔަރުކޮށްފައިިވަނީ  29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީ ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ވަގުތު، ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކުރުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި  މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް