ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން ނިންމައިފި

ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ރޭ އިފްތިތާހު ކުރި މާލެ ފަހި ޕްރޮގްރާމްގައި އިއުލާން ކޮށްފިއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމ...

25 Jul 2024 | 09:27

ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ރޭ އިފްތިތާހު ކުރި މާލެ ފަހި ޕްރޮގްރާމްގައި އިއުލާން ކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް އަމަލުކުރަމުން ގެންދާ ގޮތުގެ މަތިން، ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި އިތުބާރު ހިފޭ ޓެކްސީ ލައިނެއް ތައާރަފްކޮށް ޚިދުމަތް ދިނުމަކީ ސަރުކާރުން މުހިންމު ކަމެއް ގޮތުގައި ދެކޭ ކަމެއް ކަމަށެވެ.

ސަރުކާރުން ވަނީ ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ޓެކްސީ ދުއްވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމަވާފައެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ މި ޓެކްސީ ލައިނަކީ ތިމާވެއްޓާ ރަށްޓެހި، މަދުވެގެން 25 އިންސައްތަ  އިލެކްޓްރިކް އުޅަންދު ބޭނުންކޮށްގެން ފަށާނެ ޓެކްސީ ލައިނެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމަވާފއިވާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް