ބިދޭސީންނާއި ގުޅޭ ފީތައް ނުދައްކައިގެން އަރާ ޖޫރިމަނާގެ އަދަދު ލައްކައިން މަތިވެފައިވާ ހާހަކަށްވުރެ ގިނަ ކުންފުނީގެ ނަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ލިސްޓުގައި ޖުމްލަ 1026 ކުންފުންޏެއްގެ ނަން ހިމަނާފައިވާއިރު ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކެއްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އެ ލިސްޓަށް ބަލައިލާއިރު މިލިޔަނުން މަތީ އަދަދަކުން ދައްކަންޖެހޭ ކުންފުނީގެ އަދަދުވެސް 100 އަށްވުރެ ގިނައެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްޞީލް pic.twitter.com/Jkj3OMlzA2
— Ministry of Homeland Security & Technology, MV (@HomeMinistrymv) July 24, 2024
ވުޒާރާއިން މިފަދަ ލިސްޓެއް ރޭގައި ހާމަކޮށްފައިވާއިރު ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެ ވުޒާރާއިންނާއި އެ ވުޒާރާގެ ދަށުން ހުރި މުއައްސަސާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކަ ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާކުރެވޭފަދަ އިސްލާހެއްވެސް ދިވެހި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް